އައްޑޫލައިވްއިން އިންތިޒާމްކޮށްގެން ހިތަދޫ ބެޑްމިންޓަން އެރީނާގައި ކުރިއަށްދާ "އައްޑޫލައިވް ރޯދަ ސްމޭޝް 2022"ގެ އަންހެން ޑަބަލްސް ސެމީއަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެއެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ޝީޒާ އާޢި އަޖްމީ ބައްދަލު ކުރީ ޔަސްމަން އާއި ޝިތުނާ އާއިއެވެ. މެޗު ނިމުނީ 21،14 އަދި 21،11 އިން ޝީޒާ އަދި އަޖްމީ މެޗު ކާމިޔާބުކޮާށްގެންނެވެ.
މުބާރާތުގެ ދެވަނަ ކުއާޓަރ މެޗުގައި އުޝްވާ އާއި މިންނަތު ވަނީ އާމިނަތު ނަސީރު އާއި ޚަދީޖާ އާއި ބައްދަލުކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮާށްފައެވެ. ސެޓުތައް ނިމިފައިވަނީ 19-21، 21-16، 21-17 އިންނެވެ.
ރޭ ކުޅުނު ކުއާޓަރ ފަހު މެޗުގައި ބައްދަލު ކުރީ އާސިމާ އާއި މަފާޒާ އަދި ފަޠިމަތު ވާފިރު އާއި ސޯނިޔާއެވެ. މި މެޗު 21-13، 21-16 އިން ކާމިޔާބު ކުރީ އާސިމާ އާއި މަފާޒާއެވެ.
ސެމީގެ ހަތަރު ވަނަ ޖާގަ ކަށަވަރު ކުރީ ހައްވާ އާއި ސާރާއެވެ.
މުބާރާތުގައި މިރޭ ކުޅޭނީ މިކްސްޑް ޑަބަލްސް ކުއާޓަރ މެޗުތަކެވެ.
މިރޭ ކުޅޭ މެޗުތައް:
1- އިފްޒާލް/ އާމިނަތު ނަސީރު އާއި ދިނޭޝް/ މަފާޒާ
2- އިބްރާހިމް/ ޝީޒާ އާއި އަންޝާދު/ ހައްވާ
3- ނާތިޖު/ ސަމީނާ އާއި ޒިޔާދު/ އާސިމާ
4- ޕްރަސާންތު/ ސާރާ އާއި ނަޝީދު/ އުޝްވާ
މިމުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރައަޕް ޓީމަށް 1،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.