Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

މުއާ 2019 ގެ މަޖިލީހަށް ވާދަ ކުރަނީ!

މުއާ އަންހެނުންނާ އެކު: އޭނާ ބުނީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ވިސްނުން ގެންގުޅޭ ކަމަށް. ފޮޓޯ/ މުއާ އެފްބީ

ފިލްމެއްގައި މަސްތުވާތަކެއްވަށް ދެވިހިފާފައިވާ މީހެއްގެ ރޯލް ވަރަށް ބޮޑަށް ކުޅެލަން ބޭނުންވާ ފިލްމީ ތަރި 2019 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް، އުފަން ދާއިރާ ނ. ވެލި ދޫ ދާއިރާ އަށް ކުރިމަލުމުގެ ވިސްނުން ގެންގުޅޭ ކަމަށް އަބްދުﷲ މުއާޒް (މުއާ) ބުނެފި އެވެ.

ޓީވީއެމުން ގެނެސް ދިން "ތަރިންނާ އެކު" ޕްރޮގްރާމުގައި މުއާ ބުނީ އޭނާގެ ވިސްނުން ހުރީ 2019 ގައި ބާއްވާ ރައްޔިތުންހެ މަޖިލީހުގައި ވާދަ ކުރަން ކަމަށެވެ.

އެހެން ނަމަވެސް މި ދާއިރާ އަށް އެއްކޮށް ދޫކޮށްފައި ސިޔާސީ ދާއިރާ އަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މުއާ ބުނީ އޭނާ އަބަދު ވެސް ފިލްމީ މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ފޯރި އިންތިހާއަށް ބޮޑުވެ، މުނިފޫހި ފިލުވުމުގެ ދާއިރާ މިހާރު ވަރަށް ބޮޑަށް ވަޅު ޖެހިފައިވާ ކަމަށް ގަބޫލް ކުރާ ކަމަށް ޒުވާން އެކްޓަރު ބުންޏެވެ.

"ހިތް ރޮއްވާނުލާ"، "ނިއުމާ" އަދި "އިނގިލި" ފަދަ ފިލްމުތަކުން އާންމުންގެ މަގުބޫލްކަން ހޯދި މުއާ ބުނީ މިއަހަރަކީ ފިލްމީ ދާއިރާ އަށް ފާގަތި އަހަރަކަށް ވާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި އޭނާގެ ފިލްމެއް ވެސްމި އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް މުއާ ބުންޏެވެ.