އައްޑޫލައިވް ރޯދަ ސްމޭޝް ފިރިހެން ޑަބަަލްސް ޗެމްޕިއަންކަން ނާތިޖު އާއި ޒިޔާދު ހޯދައިފިއެވެ.
ރޭ ހިތަދޫ ބެޑްމިންޓަން އެރީނާގައި ކުޅުނު ފައިނަލް މެޗުގައިި ޝިނަޒު އާޢި ޝިފާއު އާއި ވާދަކޮށް ނާތިޖު އަދި ޒިޔާދު ޗެމްޕިއަންކަން ހޯދާފައިވަނީ 2-1 ސެޓުން މޮޅުވެއެވެ. މެޗުގެ ފުރަތަމަ ސެޓު ޝިފާއު އާއި ޝިނާޒު ހޯދާފައިވަނިކޮށް ފަހަތުން އަރައި 23-21، 21-12، 21-14 އިން ނާތިޖު އަދި ޒިޔާދު ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މުބަރާތުގެ އަންހެން ޗެމްޕިއަނުންނަކީ އާސިމާ އަދި މަފާޒާއެވެ. ފައިނަލް ގައި އާސިމާ އަދި މަފަޒާ ބައްދަލު ކުރީ ހައްވާ އަދި ސާރާ އާއި އެވެ. ސެޓުތައް ނިމިފައިވަނީ 23-21، 8-21، 12-21 އިންނެވެ.
މުބާރާތުގެ މިކްސްޑް ޑަބަލް ޗެމްޕިއަނުންނަކީ ނަޝީދު އަދި އުޝްވާއެވެ.
ފައިނަލް ގައި ނަޝީދު އަދި އުޝްވާ ވާދަކުރީ އިބްރާހިމް އަދި ޝީޒާ އާއި އެވެ. ސެޓުތައް ނިމުނީ 21-16، 13-21، 19-21 އިންނެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމު އަދި ރައަޕް ޓިމުގެ އިތުރުން މުބާރާތުގެ ސެމީއިން ބަލިވި ޓީމުތަކަށް ތައްޓްއި މެޑަލް ހަވާލުކޮށްފައެވެ.
މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 2،000ރ. ގެ ފައިސާގެ އިނާމު އަދި ރަނައަޕް ޓީމަށް 1،000ރ. ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.