* ބޭނުންވާ ތަކެތި:
5 ކުކުޅު ބިސް
200 ގްރާމް އައިސިން ޝުގާ
15 ގްރާމް ޖެލެޓިން ޕައުޑާ
25 ގްރާމް ކޮކޯ ޕައުޑާ
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
250 ގްރާމް ވިޕްޑް ކްރީމް
1/2 ޖޯޑު ހޫނު ފެން
* ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހޫނުފެން ފޮދުގައި ޖެލެޓިން ގިރާލާށެވެ. ދެން އެހެން ތައްޓެއްގައި ބިހާއި އައިސިން ޝުގާ 10 މިނެޓް ވަންދެން ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ޖެލެޓިން، ކޮކޯ ޕައުޑަ، ވެނީލާ އެސެންސް އަދި ވިޕްޑް ކްރީމް އަޅައިގެން ރަނގަޅަށް ގިރާލާވެ.
ދެން ފިނިކުރުމަށްޓަކައި އައިސް އަލަމާރީގައި 30-50 މިނެޓް ވަންދެން ބަހައްޓާނީ އެވެ. ވަކިވަކި ތަށިތަކުގައި ސާވްކުރާ އިރު މައްޗަށް ގާނާފައި ވެސް އެޅިދާނެ އެވެ.