ކެއުމުގެ އާދަތައް ވަކި ހަމައެއްގައި ބަހައްޓާށެވެ. އަދި ވީހާ ވެސް ބޮޑަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެވޭތޯ ބަލާށެވެ. އެގޮތުން ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭށެވެ.
އަދި ތަފާތު ވައްތަރުގެ ކާނާ ކެއުމަށް އާދަ ކުރާށެވެ. މީގެ ތެރޭގައި މޭވާގެ ތަފާތު ބާވަތްތަކާއި ތަރުކާރީ ހިމަނާށެވެ.
އެއް ފަހަރާ މާ ގިނައިން ނުކައި ކުޑަ މިންވަރެއް ހަތަރު ފަސް ގަޑި އިރުން އެއް ފަހަރު ކަހަލަ ގޮތަކަށް ކާށެވެ. ބަނޑުހައިވެގެން ނުހުންނާށެވެ.
ދުވާލު ހަތަރު ދަމުވެސް ގިނައިން ފެން ބޯށެވެ. މަދުވެގެން އަށް ލީޓަރެވެ.