Last Updated: February 12, 11:09
Wednesday, February 12, 2025
ޚަބަރު

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެލާޓް ނެރެފައި ވަނީ މިރޭ 12 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.