ގއ.ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ވިލިނގިލީގެ މަގު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ރޯޑް ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި 98،330،536.18 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ގއ.ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް @rdcmaldives އާ ހަވާލުކޮށްފި.
98،330،536.18 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭ ނިންމުމަށް pic.twitter.com/rBFw4ts3lI
— Min.of National Planning, Housing & Infrastructure (@MoNPHImv) April 28, 2022
މި މަޝްރޫއުގެ ދަށުން އެރަށުގެ ފަސް ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެން ހިންދާ ނިޒާމުގެ ގާއިމުކުރުމާއި ފެންހިންދާ ނިޒާމް ގާއިމުކުރުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ތާރުއަޅައިގެން ހަދާފައިވާ މަގުތައް މަރާމާތުކުރުންވެސް ހިމެނެ އެވެ.
މި މަޝްރޫއުއާ ގުޅިގެން ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދު ހުސެއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ.
Villingili ge ithuru Maguthah thāra alhā zamāny fenvarah tharaggē kurumai mihāru thāra alhāfaivā maguthah resurface kurumuge masakkai RDC aa havālu kurun. Miee villingili ijutthimāi adhi umrāny tharaggē ah libigen dhāne v bodu kuri erumeh. Shukuriya HEP @ibusolih @AslamAslamtey pic.twitter.com/WB5BJplsqV
— Saud Hussain MP (@SaudVillingili) April 28, 2022