ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ ހަތް އައްޑޫ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުން ދަނީ ހިތަދޫ ހުނގޫގަސްދޮށުގެ ޝާން މުޙައްމަދު އިބްރާހިމް، 26، އާއި މަރަފޫފޭދޫ، ސަންލައިޓް މުޙައްމަދު މަފްތީޙް، 40، ގެ އިތުރުން ހިތަދޫ، ލާސާނާ، ޙަސަން ޙަނީފް، 20، އެވެ.
މަފްތޫޙްއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަކަރާއި ޙީލަތްހެދުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ އެއްވެސް ކަހަލަ މަޤުބޫލު އުޛުރެއްނެތި ކޯޓަށް ހާޒިނުވެ އުޅެމުންދާ މީހަކަށްވާތީ ކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އާއި ހަވާލާދީ އެ ޤަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ފުލުުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.
ޙަސަން ހަނީފަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މާރާމާރީ ހިންގުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރަކާއި ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.
އަދި ޝާނަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ މީހެކެވެ.
އެހެންވެ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.