އައްޑޫގައި ރޭ ނިމިގެން ދިޔަ "ސްނިކާސް ސްޓްރީޓް ސޮކާ 2014" ގެ ޗެމްޕިއަންކަން ވްރެންޑްސް އެފްސީން ހޯދައިފި އެވެ.
އެ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފައިނަލްގައި ރޭ ޝަންގްރިއްލާ ޔުނައިޓެޑާ ބައްދަލުކޮށް ޕެނަލްޓީ ޖަހައި މޮޅުވެގެންނެވެ.
ޖުމްލަ 20 ޓީމް ވާދަ ކުރި މުބާރާތް ވްރެެންޑްސް އިން ކާމިޔާބް ކުރުމާ ގުޅިގެން، 35،000ރ. ގެ އިނާމެއް ވަނީ ލިބިފަ އެވެ.
ރަނައަޕް ޓީމަށް ލިބުނީ 10،000ރ. އެވެ.
ގަމުގައި ކުރިއަށް ގެންދިޔަ މުބާރާތް ރޭ ނިމުމާ އެކު، މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމްތަކަށް ވަނީ މެޑެލާއި ހަނދާނީ ލިއުން ދީފަ އެވެ.
މި އަހަރުގެ ސްޓްރީޓްސް ސޮކާ މުބާރާތަކީގެ މީގެ ހަތަރު ވަނަ މުބާރާތެވެ.