ދިވެހި މަސައްކަތްތެރިންނާއި އެ މަސައްކަތްތެރިން ހިމާޔަތްކުރާ ޓްރޭޑް ޔޫނިއަންތަކުގެ ހައްގުތަށް ދިފާއުކޮށް ކުރިއެރުވުމަށް ސިޔާސަތުތަކެއް ކަނޑައެޅުމަށް މޯލްޑިވް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ގޮވާލައިފި އެވެ.
ދުނިޔޭގެ މަސައްކަތެރިންގެ ދުވަހާ ގުޅިގެން ލޭބަރ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ އެންމެ މުހިންމު އެއް މަސައްކަތްތަކީ ދިވެހި މުރާލި މަސައްކަތްތެރިންނާއި އެ މަސައްކަތްތެރިން ހިުރމާޔަތްކުރާ ޓްރޭޑް ޔޫނިއަންތަކުގެ ހައްގުތަށް ދިފާއުކޮށް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ސިޔާސތުތަށް ގާއިމުކޮށް ތަންފީޒުކުރުން ކަމަށެވެ.
ލޭބަރ ޕާޓީން ރާއްޖެއަށް ގެންނަން ބޭނުންވާ މައިގަނޑު ސިޔާސަތުތަކާއި ލީގަލް ރީފޯރމްތައް:-
– ޓްރޭޓް މޫނިއަންސް އަދި މަސައްކަތްތެރިންގެ ހައްގުތަކާއި އަދި ގުޅިފައިވާ ގާނޫނުތަށް
– އިތުބާރުހިފޭ ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން
– ފެންވަރު ރަނގަޅު ހަމަހަމަ ތައުލި ފޯރުކޮށްދިނުން
– ބޯހިޔާވަހިކަން ހެޔޮ އަގުގައި ފޯރުކޮށްދިނުން
– ދިރިއުޅެވޭވަރުގެ އުޖޫރައަކާއި ލައިވްލީހުޑް ޕްރޮޓެކްޝަން
– ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމީ އިންސާފު
– ޕރޮގްރެސިވް ޓެކްސްގެ ނިޒާމް
ލޭބަރ ޕާޓީގެ އެ ބަޔާނުގައި ސައްކަތްތެރިން ގައުމުގެ އިޤތިސާދު ކުރިއެރުވުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ނަމަވެސް ދިވެހިރާއްޖޭގެ ތަބައީ މުއްސަނދިކަމުން ލިބޭ މަންފާގެ ޒަމާނުއްސުރެން ނަގަމުނުދަނީ ރާއްޖޭގެ މަދު ފަރާތެއްކަމަށް ބުނެފައިވެ އެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ރަށްތަކުން މިހާރު ލިބޭ މުއްސަނދި ކަމަށް ވުރެ ބޮޑު ހިއްސާއެއް ދިވެހިންގެ މުޖުތަމައުއަށާއި އާއިލާތަކަށް ހައްޤުވާން ވާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގައި މސައްކަތްކުރާ ދިވެހިންނަށް ދޭންވީ ވަގުތެވެ. އެއީ މަސައްކަތްތެރިންނަށް ލިންޖެހޭ ހައްގެކެވެ. އަދި އެއީ އަންނަންއޮތް ޖީލުތަކައް އޮތް ހައްގެއް ކަމުގައިވެސް ދެކެމެވެ."
" ވަޒީފާތައް އުފައްދައި، މުސާރަދޭ ބޭރުގެ އިންވެސްޓަރުންނާއި ކުންފުނިތަކަށް އަޅުގަނޑުމެން ދިވެހން މަރުހަބާ ކިޔާއިރު، މފަދަ އިންވެސްޓަރުންނާއި ކުންފުނިތަކުން ކުރިއަށްގެންދާ އިގްތިސާދީ މަސައްކަތްތަކުން ދިވެހި މަސައްކަތްތެރިންނަށް އެކަށީގެންވާ ފައިދާއެއް ލިބޭތޯ ކަށަވަރުކުރުމަ އަޅުގަނޑުމެން ދިވެހިންގެ ޒންމާއެކެވެ. އަދި އެ ފަރާތްތަކުން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުންތައްނުވާ މަސައްކަތްތަކެއްކަމުގައި ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ." އެ ބަޔާނުގައިބުނެފައިވެ އެވެ.