އައްޑޫ ސިޓީ ކައުންސިލަށް ހޮވުނު މެމްބަރުން ހުއްވާ ކުރައްވާނީ، ކުރިން ހަމަޖެހިފައިވާ އޮތް ގޮތާ ހިލާފަށް އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ބަދަލުގައި ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާ އިން ބުނެފި އެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން މި މަހުގެ 26 ވަނަ ދުވަހު ކައުންސިލަށް ހޮވުނު މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ކައުންސިލް އިދާރާ އިން ނިންމީ އީސީސީގަ އެވެ.
އެހެން ނަމަވެސް މި ފަހަރު ވެސް ކައުންސިލަރުން ހުވާ ކުރައްވަނީ މީގެ ކުރިން ތިން އަހަރު ކުރިން ފެބްރުއަރީ 26، 2011 ގައި ވެސް ކައުންސިލުން ހުވާ ކުރެއްވި ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.
ކައުންސިލަށް އަލަށް ހޮވުނު މެމްބަރުން ހުވާ ކުރުން އޮންނާނީ 26 ވަނަ ދުވަހުގެ ހެނދުނު އެވެ.
ކައުންސިލަށް އަަލަށް ހޮވިވަޑައިގަަތް ހަ މެމްބަރުންގެ ތެރޭގައި، މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ.
އެއީ ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ އަދި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރައްވާ ހުސައިން ހިލްމީގެ އިތުރުން މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ އަބްދުﷲ ތޮއްޔިބް (ޓޮމް) އެވެ.
އަލަށް ހޮވިވަޑައިގަތް ތިން ބޭފުޅުންނަކީ ހިތަދޫ ދެކުނު ދާއިރާ އަށް މުހައްމަދު ޔަސްރިފް، ފޭދޫ ދާއިރާ އަށް އަބްދުﷲ އަސްވާން (އަތޯ) އަދި ހުޅުމީދޫ ދާއިރާ އަށް އަލީ މުހައްމަދު (އައްދު) އެވެ.