Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

ޒޯޔާގެ "ދިލް ދަދަކްނޭ ދޯ"

ދެހާސް އެގާރަ ވަނަ އަހަރު ގެނެސް ދިން "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ޑައިރެކްޓަރު ޒޯޔާ އަހުތަރު އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފަހަަރުގެ ފިލްމަކީ ވެސް ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. ފިލްމުގެ ނަމަކީ "ދިލް ދަދަކް ނޭ ދޯ" އެވެ.

ސްޕެއިން، ތުރުކީ، ފްރާންސް އަދި އިޓަލީ ފަދަ ގައުމުތަކުގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ތަރިންނަކީ ޒޯޔާގެ ކޮއްކޮ އަދި އެކްޓަރު/ޕްރޮޑިއުސަރު/ޑައިރެކްޓަރު/ސްކްރީން ރައިޓަރު ފަރްހާން އަހުތަރާއި ޕްރިޔަންކާ ޗޯޕްޅާ އާއި ރަންވީރު ސިންގާއި އަނުޝްކާ ޝަރްމާ އިތުރުން އަނިލް ކަޕޫރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ މަސައްކަތް ވަރަަށް އަވަހަށް ފަށާނެ އެވެ. އަދި މި ފިލްމުގައި ޕްރިޔަންކާ ފެނިގެން ދާނީ ރަންވީރު ސިންގުގެ ދައްތަގެ ރޯލުން ކަމަށްވެ އެވެ. ޕްރިޔަންކާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެން ދާނީ ފަރްހާނެވެ.

މިއީ ޕްރިޔަންކާ އާއި ފަރްހާންގެ ޖޯޑް ކެމެރާ ކުރިމަތިން ފެނިގެންދާ ފުރަތަމަ ފަހަރަށް ވާނެ އެވެ. އެހެން ނަމަވެސް ފަރްހާން ޑައިރެކްޓް ކުރި "ޑޮން" އާއި "ޑޮން 2" ގެ ބަތަލާއަކީ ޕްރިޔަންކާ އެެވެ.

"ދިލް ދަދަކްނޭ ދޯ" ގެ ސިނަމާތަަކަށް އަންނާނީ ޖޫން 5، 2015 ގަ އެވެ.