އައްޑޫން އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެ އަބުރު ކަތިލާ ސައިޒު ކުރުމަކީ އެމްޑީޕީގެ އާއްމުކަމެއްް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ޕްރައިމަރީގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއަށް އެންވައިރަމެންޓު މިނިސްޓަރ އާމިނަތު ޝައުނާ ތާއިދު ކުރެއްވުމާއި ގުޅިގެން ޝައުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާ ދެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ފައްޔާޒުއަށް ޝައުނާ ތާއިދު ކުރެއްވުމާއި ގުޅިގެން ނަޝީދު ވިދާޅުވީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށެވެ.
ނަޝީދު އާއި އެންމެ އަރިސްކޮށް މީގެ ކުރިން މަސައްކަތް ކުރެއްވި ޝައުނާއަށް ނުރުހުން އަމާޒު ކުރެއްވައި ދެއްވި ބަހުގެ ހަމަލާ އާއި ގުޅިގެން މަވޯޓާ ވިދާޅުވީ އައްޑޫން ކިރިޔާވެސް ސިޔާސީ މީހަކު ބޯހިއްލާލިޔަސް އެމީހަކު ގަންބާލާކަމަށެވެ.
Addu in ufan vaa komme siyaasee leader egge aburu kathilaa size kurumakee MDP ga mihaa hisaabah hingamun anna aamu kameh. E ee alhugandu kamah viyas, Dr. Munavvaru kamah viyas, Dr. Didi kamah viyas, MP Aslam kamah viyas jehunee e haalu. Mee reyvigen hingaa kameh. Adhu @anuahsa
— Ibrahim Shareef (@AdduShareef) May 4, 2022
" އައްޑޫން އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެ އަބުރު ކަތިލާ، ސައިޒުކުރުމަކީ އެމްޑީޕީގައި މިހާހިސާބަށް ހިންގަމުން އަންނަ އާއްމު ކަމެއް، އެއީ އަޅުގަނޑުކަމަށް ވިޔަސް، ޑރ. މުނައްވަރު ކަމަށް ވިޔަސް، ޑރ. ޑީޑީ ކަމަށް ވިޔަސް އަދި އެމްޕީ އަސްލަމް ކަމަށް ވިޔަސް ޖެހުނީ މިހާލު، މިއީ ރޭވިގެން ރޭވިގެން ހިންގާ ކަމެއް"
ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މުނައްވަރު އާޢި ޑޜ. ޑީޑީ ފަދަ ބޭފުޅުންގެ އަބުރު ކަތިލައި ޕާޓީން ބޭރުކުރުމަށް ފަހު މިއަދު މިފެންނުނީ މިނިސްޓަރ ޝައުނާގެ އަބުރު ކަތުލީ މަންޒަރު ކަމަށެވެ.
ޝަރީފު ވިދާޅުވީ މިކަމަކީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމެޗެ.
" މިކަމަކީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަންވެއްޖެ ކަމެއް، އައްޑޫއަށް އުފަން ކޮންމެ ސިޔާސީ ލީޑަރަކު ކިރިޔާ ބޯހިއްލާލިއަސް ގަންބާލާ"
ޝަރީފު ވިދާޅުވިއެވެ.
Mi kamakee Addu rayyithun fun koh visnaan vejje kameh. Addu ah ufan komme siyaasee leader aku kiriyaa boa hillaaliyas ganbaalaa
— Ibrahim Shareef (@AdduShareef) May 4, 2022
އެމްޑީޕީގެ 16 އަހަރުވީ ތާރީހުގައި މިހާތަނަށް އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި އައްޑޫގެ ގިނަ ލީޑަރުން ވަނީ ޕާޓީން އެކިގޮތްގޮތުން ބޭރުކޮށްފައެވެ. އެމްޑީޕީގެ ރައީސްގެ މަގާމުން ޑރ. މުނައްވަރު ބޭރު ކުރުމުގެ އަޑީގައިވެސް ހުންނެވީ ނަޝީދުކަމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ޑރ. ޑީޑީ އެމްޑީޕީގެ ރައިސް ކަމުން ބޭރު ކުރުމުގައިވެސް ނަޝީދު ހުންނެވި ކަމަށް އޭރުވެސް ވާހަކަ ދެކެވުނެވެ. އަދި ނަޝީދު ބޭނުންނޫން މީހަކަށް އެމްޑީޕީން ޖާގަ ނުލިބޭނެކަން އެންމެ ފަހުން ފެނިގެން ދިޔައީ 19 ވަނަ މަޖްލިސްގެ ރައީސް ކަމުގެ ކަންތައް ހިނގައި ދިޔަ ގޮތެވެ. މެމްބަރު އަސްލަމްއަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި އަބުރު ކަތިލެވި މަޖްލިސްގެ ރައީސް ކަމަށް ވަޑައިގެންނެވީ މުހައްމަދު ނަޝީދުއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުން ރައީސް ނަޝީދު އާއި ހިޔާލު ތަފާތުވާ ކޮންމެ މީހަކީ މިއަދު ބޯވައެއް، ކާޅެއް، ކަންބަޅިއަކަށް އަދި ވަގަކަށް ވަނީ ވެފައެވެ. މިއީ ޕާޓީ މެމްބަރުން ބޭނުން ގޮތް ނޫންކަމަށް ގިނަ އެމްޑީޕީ މެމްބަރުން މިހާރު ދަނީ ބުނަމުންނެވެ.