* ބޭނުންވާނެ ތަކެތި:
2 ބެލް ޕެޕާ (ދެފަޅިކޮށް، އޮއްތައް ނަގާފައި އަދި ބޭނުން ކުލައެއް ރަނގަޅުވާނެ)
8 ބިސް (ގިރާފައި)
¼ ޖޯޑު ކިރު
1 ޖޯޑު ދަޅުމަސް
1 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)
ލޮނު، އަސޭމިރުސް
* ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ އަވަން 200 ޑިގްރީއަށް ހޫނުކުރަން ޖެއްސުމަށް ފަހު ބޭކިން ޓްރޭއެއްގެ މަތީގައި ދެފަޅިކޮށްފައި ހުރި ބެލް ޕެޕާތައް އަތުރާފައި އަވަނަށްލައި 5 މިނެޓު ފިހެލާށެވެ. ފިހެވެންވާ އިރަށް ބޯތައްޓެއްގައި ބިސް، ކިރު، ދަޅު މަސް، ޗީޒް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ.
ދެން ފިހުނު ފެޕާ ފަޅިއެއްގެ ތެރެއަށް އެއްކުރި މަސްގަނޑުން އެތިކޮޅެއް އަޅާފައި ޓްރޭ މަތީ އަތުރާލުމަށްފަހު އަނެއްކާ ވެސް އަވަނަށްލައި 30-45 މިނެޓާ ދެމެދު ފިހެލާށެވެ.