Last Updated: November 26, 11:19
Tuesday, November 26, 2024
ޚަބަރު

ފޭދޫ ކޯޓް އަންނަ މަހު ފޭދު އަށް

ފެބްރުއަރީ 8، 2012 ގައި ފެދޫ މެޖިސްޓްރޭޓް ކޯޓް އަންދާލާފައި. ފޮޓޯ/ ހަވީރު

ފެބްރުއަރީ 8، 2012 ގައި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓް އަންދާލުމާ ގުޅިގެން، ދެ އަހަރު ވަންދެން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގައި ވަރަށް "ތާށިކޮށް" މަަަސައްކަތް ކުރުމަށް ފަހު ކުލީ އިމާރާތަކަށް ބަދަލުވާ ގޮތަށް ނިންމައިފި އެވެ.

ކޯޓްގެ އޮފިޝަލަކު ވިދާޅުވީ ފޭދޫން ކުއްޔަށް ހިފާފައިވާ އިމާރާތަަކަށް ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ މަސަައްކަތް އަންނަ މަހުގެ 1 އިން ފެށިގެން ބަދަލު ވާނެ ކަމަށެވެ. އެއީ ފޭދޫ ކެނަރީހިޔާ އެވެ.

އޭނާ ވިދާޅުވީ ކުއްޔަށް ހިފި އިމާރާތަށް ބަދަލުވުމުގެ ކުރިން އެެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެހެންވެ މާޗް 2 ވާ އާދީއްތަ ދުވަހުން ފެށިގެން ފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގާނީ ފޭދޫގަ އެވެ.

މަރަދޫފޭދޫ ކޯޓަށް ފޭދޫ މެޖިސްޓްރޭޓް ކޯޓް ބަދަލު ކުރީ ކޯޓް އަންދައި އަޅި އަށް ހަދާލުުމުން ފެބްރުއަރީ 12، 2012 ގަ އެވެ.

އެހެން ނަމަވެސް އެތަނުގައި މަސައްކަތް ކުރަނީ ޖާގައިގެ ވަރަށް ބޮޑު ތާށިކަމަކާ އެކުގަ އެވެ.

މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގާ އިމާރާތުގައި ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން މަރަދޫ އަންދާލި މަރަދޫ މެޖިސްޓްރޭޓް ކޯޓް ވެސް ހިންގަ އެވެ.

އެހެންވެ މަރަދޫފޭދޫގައި ހުރީ ތިން ނަން ބޯޑް ހަރުކޮށްފައިވާ، ތިިން ކޯޓް ހިނގާ ކުޑަ އިމާރާތެކެވެ.