Last Updated: November 27, 06:09
Wednesday, November 27, 2024
މުނިފޫހިފިލުވުން

"ޖޯދާ-އަކްބަރު" ގެ މައްސަލަ "ރަތަށް"

"ޖޯދާ -އަކްބަރު" ގެ ލީޑް ދެ ތަރިން: މި ޑްރާމާގެ މައްސަލަ ވަނީ ހޫނުވެފައި.

ޒީ ޓީވީން މިހާރު ގެނެސްދޭ ޕީރިއަޑް ސިލްސިލާ ޑްރާމާ "ޖޯދާ-އަކްބަރު" ގައި ރާޖްޕުޓް ހާންދާން ދައްކުވައިދޭ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން ޒީ މީޑިއާ އޮފީހުގެ ކައިރީގައި ހަޅުތާލުކޮށް، އެތަނަށް ބޮޑެތި ގެއްލުންތަކެއް މިއަދު ދީފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަރަކާތަކީ "ކަރްނީ ސެނާ" ގެ ނަން ދީފައިވާ ބަޔަކު އިސް ނަަގައިގެން ހިންގާފައިވާ އަމަލެކެވެ. މި ހާދިސާގައި ޒީ މީޑިއާގެ އޮފީހަށާއި އޮފީހުގައި ހުރި އަގު ބޮޑު ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ހަޅުތާލު ކުރި މީހުން ވަނީ ދީފަ އެވެ.

އަދި މިކަމުގެ ތެރޭގައި އެކި ކަހަލަ ހަތިޔާރުތައް ވެސް ހަޅުތާލު ކުރި މީހުން ބޭނުންކޮށްފައިވާ ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހުއްޓުވުން ފުލުހުން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެ އެެވެ.

އެހެންވެ ޒީ މީޑިއާ އޮފީހުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމާ ދޭތެރޭ ވެސް ވަނީ ސުވާލް އުފެދިފަ އެވެ.

"ޖޯދާ-އަކްބަރު" އަކީ ތާރީހީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، އެހެން ނަމަވެސް ހިޔާލީ ކަންތައްތަ ވެސް ހިމަނައިގެން ގެނެސްދޭ ސިލްސިލާއެކެވެ.

މި ސިލްސިލާ ޒީ ޓީވީ އޮން އެއާ ކުރާ އިރު ވެސް "މިއީ އެއްވެސް ބައެއްގެ ގަދަރު ކުޑަވާ ގޮތަށް ގެނެސްދޭ ޑްރާމާއެއް ނޫން" ކަމަށް ބުނެ، ސިލްސިލާ ދައްކަމުންދާ އިރު، ޓީވީ ސްކްރީންގެ ތިރިއަށް ބާއެއް އަރުވަ އެވެ.

އެހެން ނަމަވެސް އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ގެނެެސްދޭ އެ ޑްރާމާ އާ ދެކޮޅަށް ހިންގި ވަރުގަދަ ޖަރީމާ އާ އެކު "ޖޯދާ-އަކްބަރު" ގެ މުސްތަގުބަލާ ދޭތެރޭ ވެސް މިހާރު ވަނީ ސުވާލް އުފެދިފަ އެވެ.