މިއާންޒް އިންޓަނޭޝަނަލް ކޮލެޖު މައި ކޮލެޖު ގެ އެގްރިކަލްޗާ ސްކޫލް އައްޑޫ ސިޓީގައި ހުޅުވައިފި އެވެ.
ހިތަދޫގައި ހުންނަ މައި ކޮލެޖުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެގްރިކަލްޗާ ސްކޫލް ހުޅުއްވައިދެއްވީ މިނިސްޓާރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް ޢަބްދުއްﷲ ޞާދިޤް (ސޯބެ( އާއި ކޮލެޖުގެ ޗެއާމަން އަހުމަދު މޮއްޠަކީއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ މިއީ އެ ކޮލެޖުގެ މިފަދަ ފުރަތަމަ ސްކޫލް ކަމަށާއި މި ސްކޫލްގެ ސަބަބުން އައްޑޫގައި ދިރިއުޅޭ އެތައް ރައްޔިތުންތަކަކަށް ގިނަ ފައިދާތަކެއް ލިބި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން މި ސްކޫލްގެ ފަރާތުން "ސެޓްފިކޭޓް ލެވެލް ތްރީ އިން ގާޑަނިން" ގެ ނަމުގައި ކޯހެއް ހުޅުވާލަން ނިންމާފައިވާ ކަމަށާއި ލެވެލް ތިނެއްގެ ކޯހަކުން ފެށި ނަމަވެސް އެ ސްކޫލްގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ އިން މަތީ ތައުލީމު ފޯރުކޮށްދިނުން ކަމަށް ލަމްޔާ ވިދާޅުވި އެވެ.
< ="://../-//2022/05/-1." ="" ="1140" ="736" =" z-f --253360" />
"ޑިގްރީ، މާސްޓާސް ޕްރޮގްރާމްތައް ފެށުން. އަދި ވަރަށް އަވަސް ފުރުސަތެއް މި ދާއިރާއާ ގުޅޭ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ތަޖުރިބާކާރުން މެދުވެރިކޮށް މި ސިޓީގައި ދިރިއުޅޭ ދަނޑުވެރިންނާއި އަދި އެހެނިހެން ރައްޔިތުންނަށް މީގެއިން މަންފާއެއް ލިބޭ ގޮތަށް ކުރިއަށް ގެންދަން ރޭވިފައިވޭ" ލަމްޔާ ވިދާޅުވި އެވެ.
ލަމްޔާ ވިދާޅުވީ ލެވެލް ތިނެއްގައި ކޯހުގައި ދަނޑު ހެއްދުމާއި ގުޅޭ އެކިއެކި މައުލޫމާތުތައް ދެވިގެންދާނެ ކަމަށާއި އަދި މި ބެޗަށް ހާއްސަ ފުރުސަތުތަކެއް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން 10 ދަރިވަރަކަށް ސްކޮލަޝިޕް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެންމެ މޮޅު ތިން ދަރިވަރުންނަށް ބަންގްލަދޭޝް އަށް ޒިޔާރަތްކޮށް އެގައުމުގައި ދަނޑު ހައްދާ ބިންތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އެ ކޯހުގެ އެންމެ މޮޅު ދަރިވަރަށް ވިޔަފާރިއެއް ފެށުމަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާކަން ވެސް ލަމްޔާ ފާހަގަކުރެއްވިއެވެ.
އެގްރިކަލްޗާރ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލެޖުގެ ޗެއާމަން އަހުމަދު މޮއްޠަކީ ވިދާޅުވީ މިއީ ރާއްޖޭގެ ކަންކޮންޅެއްގައި ހުޅުވޭ މިފަދަ ދަނޑުވެރިކަމުގެ ފުރަތަމަ ސްކޫލް ކަމަށެވެ. އަދި މި ސްކޫލް އައްޑޫގައި ހުޅުވުމުގެ ހިޔާލު ދެއްވައި އެކަމަށް މަސައްކަތް ކުރެއްވީ ކޮލެޖުގެ ސީއީއޯ މުހައްމަދު ހަލީމު ކަމަށެވެ. އަދި މި ސްކޫލްގެ ސަބަބުން އައްޑޫއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މޮއްޠަކީ ވިދާޅުވިއެވެ.