Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

"އުމަރު 2023" ގެ ކެމްޕޭން ޕްލޭންކުރުމުގައި ކުރިއަށް

އުމަރު ނަސީރު--

އުމަރު ނަސީރު 2023 ގެ ރިޔާސީ އިންތިހާބށް ކެމްޕޭން ޕްލޭން ކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ މުޅިން އާމިސްރާބަކަށް ބަދަލުކޮށްލުމަށް ފަށާ 'އުމަރު 2023' ގެ ކެމްޕޭން ޕްލޭން ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެއްވެސް ވެރިޔަކަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލެއްނުވި ކަމަށާއި، ޑްރަގާ، ބިދޭސީ ސިފައިން ތިބިތިބުމާ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންވީ އިތުރުވެފައިވާކަން އުމަރު ފާހަގަކުރެއްވިއެވެ.

"އިސްލާމީ ޝަރީއަތާ، ހަރުދަނާ ސިޔާސަތު ގެ ތެރެއިން ބޮޑެތި މައްސަލަތައް ޙައްލު ކުރަން އަޅުގަޑުގެ ކެމްޕޭން އާ ގުޅިވަޑައިގެން ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވާ." އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ޕްލޭން ކުރުމުގެ މަސައްކަތް ފައްޓަވާފައިވާއިރު ދޭތެރެ ދޭތެރެއިން ޑީއެންއޭގެ ކެމްޕޭން ހަރަކާތްތައް ބާއްވަމުން އާދެއެވެ. ޑީއެންއޭގައި މީގެކުރިން އުމަރު އާއެކު އިސް ސަފުގައި މަސައްކަތް ކުރެއްވި ބައެއް ސިޔާސީ ބޭފުޅުން މިހާރު ވަނީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިފައެވެ.