އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިންތިހާބުވެވަޑައިގެންފިއެވެ.
ރޮޒެއިނާ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދުގެ ތާއިދާއި އެކު އެމަގާމަށް ވާދަ ކުރެއްވި ސަފާތު އާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި އަންހެނުން ބައިވެރި ކުރުމަށާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އޮންނަ ޕާޓީގެ މުހިއްމު ގުނަވަނެކެވެ.
MDP membarun beynunvany #MDPhingaalan kan v saafu!
Alhugandah thaaeedhu kohdhevvaa masakkaiy kurevvi mulhi teamah adhi alhugandah vote dhevvi huriha fisaari anhenunnah v bodah shukuriyya.
Firihenunnah vote nudhevunas thibeyfulhun alhugandah dhevvi ehbaarulumah v bodah shukuriyya— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 14, 2022
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސުގެ މަގާމަށް ވޯޓު ލެވެނީ ޕާޓީގެ އަންހެން މެމްބަރުންނަށެވެ.
މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން ރޮޒެއިނާ ވަނީ 5000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ސަފާތުއަށް ލިބިފައިވާ ވޯޓު އުޅެނީ 2700 ގައެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ. މި އިންތިހާބުގައި ފައްޔާޒާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި އެވެ.
މިހާތަނަށް 100 އަށް ވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ އިއުލާންކޮށްފައިވާއިރު ފައްޔާޒު އުޅުއްވަނީ 60 ޕަސެންޓަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރީގަ އެވެ. މި އިންތިހާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
ޗެއާޕާސަން އިންތިހާބުގެ އިތުރުން މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ވެސް ކުރިއަށް ގެންގޮސްފަަ އެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9 އިން ހަވީރު 6 ޖެހުމާ ހަމައަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.
ޗެއާޕާސަން އިންތިހާބުގެ އިތުރުން މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ވެސް ކުރިއަށް ގެންގޮސްފަަ އެވެ.