Last Updated: April 18, 20:01
Saturday, April 19, 2025
ޚަބަރު

މީދޫގައި މެހި ގިނަވެ، އާންމު އުނދަގުލަކަށް!

މީދޫގައި އާދަޔާ ޚިލާފަށް މެހި ގިނަވުމުގެ ސަބަބުން ފޮގް ކުރަނީ: ފޮޓޯ - މީދޫ އަވަށު އޮފީސް

އައްޑޫ މީދޫގައި އާދަޔާ ޚިލާފަށް މެހި ގިނަވެ އާންމު ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވުމުން ރަށު އޮފީހުން ނިކުމެ ފޮގްކޮށްފި އެވެ.

މީދޫ އޮފީހާއި ވެމްކޯ ގުޅިގެން ނިކުމެ ރަށުތެރެ ފޮގްކޮށްފައިވަނީ މެހި ގިނަވެ، އެކަމުގެ ޝަކުވާ އާންމުން އަންނަނީ މީސްމީޑިއާގައި ކުރަން ފެށުމުންނެވެ.

"ރަށުގެ ނުވަދިހައިންސައްތަ ސަރަހައްދަށް މިއަދު ފޮގް ކުރެވުނު." މީދޫ އަވަށު އޮފީހުން ބުންޏެވެ.

މީދޫ އަވަށު އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފޮގްކުރުން ކުރިއަށް ގެންދެވޭނެއެވެ.

މީދޫގައި މެހި ގިނަވުމުގެ ޝަކުވާ އާންމުން ކުރާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އަދި މެހި މަދުކުރުމުގެ ގޮތުން އާންމުންވެސް އަންނަނީ އެކިއެކި އުކުޅުތައް ބޭނުންކުރަމުންނެވެ.