Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ފެހުރިއްސަކަށް "ޑާޑި" ގެ ނަން

މި އަހަރު ޖެނުއަރީ މަހު މެލޭޝިއާގައި ކުއްލި ގޮތަކަށް މަރުވި އަހުމަދު ރިޔާޒީ (ޑާޑި) ގެ ހަނދާނުގައި ފެހުރިއްސަކަށް ނަން ދީފި އެވެ.

އޭނަގެ ހަނދާނުގައި "ޑާޑި" އެ ނަން މިދިޔަ އަހަރު ފެނުނު ފެހުރިއްސަކަށް ދިންކަން މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރްޕީ) އިން އިއުލާން ވެސް ކޮށްފައިވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 24 ގައި މަރުވި ޑާޑި، 38، އަކީ ޓެކްނޮލޮޖީގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނަ ވަނީ 11 އަހަރު ވަންދެން އެލައިޑްގައި ވެސް މަސައްކަތްކޮށްފަ އެވެ. ޑާޑިގެ މަރާ ގުޅިގެން އޭނަގެ ހަނދާނުގައި އެލައިޑް ހިންގާ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލަ އަށް "ޑާޑި ފްލޯ" ގެ ނަން ވެސް ދީފައިވެ އެވެ.

އޭނަ މަރުވި އިރު މަސައްކަތްކުރަމުން ދިޔައީ ދިވެހި ޑިވެލޮޕަރުންތަކެއް އިސްކޮށް ތިބެ އުފައްދާފައިވާ ލޮޓީފައިލްސްގަ އެވެ.

ޑާޑި އަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) އެންމެ ދޮށީ ދަރިފުޅެވެ.