މާލޭ ސިޓީގައި ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.
މިއީ އެއް ލައްކަ ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެެންދާ ހަރަކާތެކެވެ. އެގޮތުން ފުރަތަމަ ރުއް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ އިންދަވާދެއްވާފަ އެވެ.
މާލޭގައި އެއް ލައްކަ ގަސް އިންދުމުގެ މަޝްރޫއަކީ މާލެ އަކީ ފެހި އަދި ހިތްފަސޭހަތަނަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ވަނީ ފަށާފަ އެވެ.
”އެއްލައްކަގަސް“ ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގައި ކަދުރު ރުއް އިންދުމުގެ ޙަރަކާތުގެ ތެރެއިން.
ފުރަތަމަ ކަދުރު ރުއް އިންދަވާ ދެއްވީ މާލެ ސިޓީގެ މޭޔަރު @MMuizzu . pic.twitter.com/9b36c1wwjI— Male' City Council (@MaleCitymv) May 24, 2022
ސިޓީ ކައުންސިލްގެ އަމާޒަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ އަންނަން ވާއިރަށް މާލޭގައި އެއްލައްކަ ގަސް އިންދައި ނިންމުން ކަމަށް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
— Male' City Council (@MaleCitymv) May 24, 2022
"2023 ގެ ޖެނުއަރީ އެކެއް އަންނައިރު މާލޭގައި ހުންނާނެ ރީތި، ފެހިކަން ގަދަ، ހިތްގައިމު އެއްލައްކަ ގަސް އިންދިފައި" މުއިއްޒު ވިދާޅުވި އެވެ.