އައްޑޫގައި ކުރިއަށް އޮތް ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން 1.8. މިލިއަން ރުފިޔާ ހޯދުމަށް ބަޖެޓުކޮށްފި އެވެ.
އައްޑޫ ކައުންސިލުން މިފަހަރު ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައި ވަނީ މުޅި ސިޓީގަ އެވެ. އެގޮތުން ތަފާތު ކުޅިވަރު ތަކާއި މިއުޒިކް ޝޯވް ޝޯވް ބޭއްވުމަށް ޕްްލޭނުކޮށްފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީދު ކުޅިވަރު ބޭއްވުމަށް ތައްޔާރުކޮށްފައިވާ ޕްލޭނުގައިވާ ހަރަދަށް 1.8 މިލިއަން ރުފިޔާ އަރާ އިރު އޭގެ ތެރެއިން ބޮޑު ބައެއް ހޯދުމަށް ނިންމާފައި ވަނީ ވިޔަފާރިތަކުން ސްޕޮންސާގެ ގޮތުގަ އެވެ.
އައްޑޫ ކައުންސިލުން ބޮޑު އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ އިރު މިހާރުގެ ކައުންސިލަކީ ރައްޔިތުންނާއި އެންމެ ދުރު އަދި މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައިވާ ކައުންސިލެއް ނޫނެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ރައްޔިތުންގެ މަޝްވަރާނެތި ކުރުމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ ކައުންސިލެކެވެ.
ބޮޑު އީދު އައްޑޫގައި ފާހަގަ ކުރުމަށް ކައުންސިލުން މަސައްކަތް ކުރާއިރު މިފަހަރުގެ ބޮޑު އީދު މީދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެ އަވަށުގެ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މަރަދޫގައި ވެސް އަންނަނީ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުންނެވެ.