Last Updated: April 18, 20:01
Saturday, April 19, 2025
ޚަބަރު

ޓްރާންސްޕޯޓާ ގުޅޭ ހިދުމަތް މީދޫ އަވަށު އޮފީހުން

މިއަދުން ފެށިގެން ޓްރާންސްޕޯޓާ ގުޅުން ހުރި ޚިދުމަތްތައް އައްޑޫ މީދޫ އަވަށު އޮފީހުން ވެސް ލިބޭ ގޮތަށް ހަދައިފި އެވެ.

އެގޮތުން އެއްގަމު ލައިސަންސް ދޫކުރުމާއި ޓެކްސީކުރުމުގެ ލައިސަންސް ދޫކުރުމާއި އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ އިތުރުން ކަނޑު އުޅަނދުގެ އޮޑި ނަންބަރު ދޫކުރުމުގެ ޚިދުމަތް އެ އޮފީހުން ލިބޭނެ އެވެ.

ހަމައެހެންމެ، ކަނޑު އުޅަނދު ރަޖިސްޓަރީކުރުމަށް ސާވޭ ކުރުމާއި ކަނޑު އުޅަނދުގެ ސާވޭކުރުމުގެ ޚިދުމަތް ވެސް މީދޫ އަވަށު އޮފީހުން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ޓްރާންސްޕޯޓްގެ ޚިދުމަތްތަކަށް އެދޭ ފޯމު އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި މީދޫ އަވަށު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޓްރާންސްޕޯޓްގެ ޚިދުމަތް މީދޫ އަވަށު އޮފީހުން ދޭން ފެށި އިރު، ހުޅުދޫ އަވަށު އޮފީހުން ވެސް އެ ޚިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.