Last Updated: February 4, 06:06
Tuesday, February 4, 2025
ޚަބަރު

ހިތަދޫ ކޯޓުން އިންޓާންޝިޕްގެ ފުރުސަތެއް

އައްޑޫ ހިތަދޫ މެޖިސްޓްރޭޓްގައި އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު އެ ކޯޓުން ހުޅުވާލައިފި އެވެ.

ހިތަދޫ ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ މިއީ ޝަރުއީ ކޯޓްތަކުގައި މަސައްކަތްކުރަން ޝައުގުވެރިވާ މީހުން، އެ ދާއިރާގެ މަސައްކަތްތަކަށް އަހުލުވެރިކޮށްދޭން މަގުފަހިކޮށް ދިނުމުގެ ގޮތުން ހުޅުވައިލާ ފުރުސަތެއް ކަމަށެވެ. އެގޮތުން ޝަރުއީ ކޯޓްތަކާއި އިދާރާތަކުގައި އިންޓާންޝިޕް އަދި އެޕްރެންޓިސް ފުރިހަމަކުރުމާ ގުޅޭ އުސޫލުގެ ދަށުން ހިތަދޫ ކޯޓްގައި އިންޓާންޝިޕް ފުރުހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލާން މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމަށް އެދޭ އިރު ހުށަހަޅަން ޖެހެނީ ތައުލީމީ ސެޓްފިކެޓްގެ ކޮޕީތަކާއި އެ މީހަކާ ބެހޭ ވަނަވަރެވެ.

ހިތަދޫ ކޯޓަކީ އައްޑޫ މެޖިސްޓްރޭޓް ކޯޓްތަކުގެ ތެރެއިން އެންމެ އިސް ކޯޓެވެ. އައްޑޫގައި ދެން ހިމެނީ މަރަދޫ މެޖިސްޓްރޭޓް ކޯޓާއި މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓާއި ފޭދޫ މެޖިސްޓްރޭޓް ކޯޓާއި މީދޫ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން ހުޅުދޫ މެޖިސްޓްރޭޓް ކޯޓެވެ.