މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ ގޮނޑި އަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ އަލީ ނިޒާރު ވެސް ކެމްޕޭން މެކުހަށް ޖަައްސަވައިފި އެވެ.
މީދޫ ދާއިރާ މި ފަހަރު ހިމެނެނީ މަރަދޫފޭދު އާ އެކު އެކުގަ އެވެ. މަރަދޫފޭދު އަށް އުފަން ނިޒާރު ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވީ މީދޫގަ އެވެ. އެގޮތުން ދޮރުން ދޮރަށް ހިންގަވައި ތާއީދު ހޯއްދެވުުގެ މަަސައްކަތް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.
އަދި މަރަދޫފޭދޫގައި ވެސް ނިޒާރު ގެންދަވަނީ ވަރަށް ފޯރިއާ އެކު ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ. އޭނާ ވިދާޅުވީ "އިރާދަކުރެއްވިއްޔާ އިންތިހާބް ކާމިޔާބް ކުރެވޭނެ" ކަމަށެވެ.
ނިޒާރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން، އެ ވެރިކަން ނިމުމާ ހަމައަށް މަރަދޫފޭދޫގެ ކަތީބުކަން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ، ރަށުގެ ރައްޔިތުންގެ އިހުތިރާމާއި ލޯބި ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މަޖިލިސް އިންތިހާބުގައި ނިޒާރާ ވާދަ ކުރަނީ އެމްޑީޕީގެ ފަރާތުން ރޮޒެއިނާ އާދަމާއި ޖުމްހޫރީ ޕާޓީގެ ފަރާތުން މީދޫގެ ކުރީގެ ކަތީބް އަބްދުﷲ ހާނީ އެވެ.