އައްޑު އަށް އިއްޔެ ކުރި ވިއްސާރައިގައި ހަތް ގެއަކަށް ފެން ވަނުމާ ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ހިތަދޫ ފަޔަ ސްޓޭޝަނުގެ ސިފައިން ކޮށްފި އެވެ.
ސަދަން އޭރިއާ އިން ބުނީ މަރަދު އާއި ފޭދޫގެ ހަތް ގެއެއްގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތް އިއްޔެ ކުރި ކަމަށެވެ.
އިއްޔެ ރޭ ދަންވަރުން ފެށިގެން އައްޑު އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވި ގެތަކުގެ ތެރެއިން ފޭދޫން ހަތަރު ގެއަކަށް އެކި ވަރުގެ ގެއްލުންވަ ނީ ލިބިފައެވެ. އަދި މަރަދޫގައި ފެން ބޮޑުވުމުގެ ސަބަބުން ތިން ގެއަކަށްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
މި ހާދިސާގައި ހިތަދޫ ފަޔަ ސްޓޭޝަނުގައި މަސައްކަތް ކުރާ ސިފައިން ވަނީ ފެން ބޮޑުވެފައިވާ ގެތަކުގެ އެކި ސަރަޙައްދުތަކުގައި ވެލި ބަސްތާ ޖަހާ ޕަމްޕު ބޭނުންކޮށްގެން ގޭތެރެ އަށް ވަދެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.