Last Updated: February 15, 06:04
Saturday, February 15, 2025
ޚަބަރު

ތިން އަތޮޅަކަށް ދަނޑުވެރިކަމުގެ އެގްޒިބިޝަނެއް

އުތުރުގެ ތިން އަތޮޅަކަށް ހާއްސަކޮށްގެން ދަނޑުވެރިކަމުގެ އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

"ރީޖަނަލް އެގްރި ބިޒްނަސް އެގްޒިބިޝަން" ގެ ނަމުގައި މި އެގްޒިބިޝަން އޮންނާނީ މާދަމާ ހދ. ހަނިމާދޫގަ އެވެ. މިއީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގްޒިބިޝަންގައި ބައިވެރިވަނީ ހއ، ހދ، އަދި ށ، އަތޮޅުންނެވެ.

މި އެގްޒިބިޝަންގައި މި ތިން އަތޮޅުން 20 ރަށަކުން ދަނޑުވެރިން ބައިވެރިވާނެ އެވެ. އަދި ކޮންމެ ރަށަކުން ތިން މީހުން ބައިވެރިވާނެ އެވެ. އެގްޒިބިޝަންގައި ރަށްރަށުގައި ހައްދާ ދައްކައިލުން އޮންނާނާނެ އެވެ.

އެއް ދުވަހުގެ މުއްދަތަށް ބާއްވާ އެގްޒިބިޝަންގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅޭ މީހުންނާއި ސަޕްލަޔަރުންނާއި، ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ރިސޯޓްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތައް ބައިވެރިވާ ނެއެވެ.