މާލޭގައި މި މަހުގެ 6-9 އަށް ބޭއްްވި 17 ވަނަ މައިލޯ އިންޓަސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހިތަދޫ ޝަރަފުއްދީން ސްކޫލުން ބައިވެރިވެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.
މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވެފައި ވަނީ 15 އަހަރުން ދަށުގެ ޢުމުރުފުރާގަ އެވެ. އެގޮތުން ހަތަރު ގުނަ 200 މީޓަރު ފިރިހެން ރިލޭ އިން ރަން މެޑަލް ހޯދި އިރު ހަތަރު ގުނަ 100 މީޓަރު ރިލޭ އިން ރިހި މެޑަލް ވަނީ ހޯދައިފަ އެވެ.
މީގެ އިތުރުން ޝަރަފުއްދީންގެ އަލީ ސައްފާޙް ޝަފީޢު ވަނީ ޑިސްކް އުކުމާއި ޝޮޓްޕޮޓުން ވެސް ދެ ރަން މެޑަލް ހޯދައިފަ އެވެ. އަދި މުހައްމަދު އައިހަމް ވަނީ ޖެވެލިން އިން ރަން މެޑަލް ހޯދައިފަ އެވެ.
އަމަން ވަޙީދު ވަނީ ލޯންގް ޖަންޕުން ރިހި މެޑަލް ހޯދި އިރު، މުސްޢަބް ޞަބްރީ ވަނީ ޑިސްކް އުކުމުން ތިން ވަނަ ހޯދައިފަ އެވެ. އަދި މުޅި ޢުމުރުފުރާ އަށް ބަލާއިރު މުބާރާތުން ދެވަނަ ޝަރަފުއްދީން ސްކޫލް ވަނީ ހޯދައިފަ އެވެ.