ސާކް ސަމިޓު ދުވަސްވަރު ހަދަން ފެށި ހިތަދޫ މެދެއާރި މަގަށް ތިން އަހަރު ވީ ފަހުން ތާރު އަޅައިފި އެވެ.
ތިން ސަރުކާރުން ވެސް މަސައްކަތްކޮށްފައިވާ މެދެއާރި މަގު ރައީސް ނަޝީދުގެ ސަރުކާރުން ހަދަން ފަށައި މަގު ލެވެލް ކުރުމާއި، މަގުގެ ވަކި ހިސާބެއްގައި އޮތް ޗަސް ބިން ވެލިއަޅައި ވަނީ ހަދައިފަ އެވެ.
އަދި ވަހީދުގެ ސަރުކާރުން ވަނީ މަގުގެ ދެފަރާތުގައި ކާބް ސްޓޯން ޖަހާ ޕޭވްމަންޓް ހަދައި ފައެވެ. ވަހީދު ސަރުކާރުގެ ފަހުކޮޅު ތާރު އަޅަން ނިންމި ނަމަވެސް އެމަސައްކަތް ހިނގާ ގޮތް ވަނީ ނުވެފަ އެވެ.
ރައީސް ޔާމީން ވެރިކަމުގެ ކުރީ ކޮޅު މަގަށް ވަނީ ހިލަ އަޅައި ތާރު އެޅުމަށް ތައްޔާރުވެފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަުގައި މަގު ހެދޭ ގޮތް ނުވެފައިވަނީ ބަޖެޓްގެ މައްސަލަ އާއި ހެދިކަމަށް ރޯޑް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މެދެއާރި މަގުގެ އެއްފަޅިއަށް ތާރު އަޅާ ނިމިފައިވާއިރު 2 ދުވަހެއްގެ ތެރޭ މަގު އެއްކޮށް ނިންމާލެވޭނެކަމަށް ރޯޑް ކޯޕަރޭޝަންގެ އޮފިޝަލަކު ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުންނަ މެދެއާރި މަގަށް ތާރު އަޅާއިރު ހިތަދޫ ހޮސްޕިޓަލަށް ދާން އޮންނަ މަގަށް ވެސް ތާރުއަޅަން ހަމަޖެހިފައިވާކަމަށް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވަނީ ވިދާޅުވެފައެވެ.
"މެދު ދާއިރާގެ ތިން މަގު ހެދުން" ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ މަގު ހެދުން އިފްތިތާހްކޮށްފައެވެ.