ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޒަމާނީ ރީތި މިސްކިތް "މަސްޖިދު ރަޝީދު" އަންނަ ހޮނިހިރު ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ބޮޑު އާބާދީއެއް މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ނޭބާހުޑް ދޭއްގައި ތިން ބުރިއަށް ބިނާކޮށްފައިވާ މި މިސްކިތަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ފަރާތުން ބިނާކުރި 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ ގޮތަށް މި މިސްކިތުގައި ޕާކިން އޭރިއާއެއ2ް ހިމެނޭ އިރު، މިސްކިތުގެ ކަރަންޓަކީ އަވިން އުފައްދާ ހަކަތަ އެވެ.
އާރްސީސީގެ ފަރާތުން "މަސްޖިދު ރަޝީދު" ގެ ބިންގާ އެޅީ ޖެނުއަރީ 16، 2020 ގަ އެވެ.
މި މިސްކިތް ހޮނިހިރު ދުވަހު ހުޅުވުމާ އެކީ ނޭބަހުޑް ދޭއްގައި މިހާރު ނަމާދުކުރަން ބޭނުންކުރާ ވަގުތީ މިސްކިތް "މަސްޖިދުލް ފިތުޔާ" ގައި ނަމާދުކުރުން ހުއްޓާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
Mosques in Hulhumalé. #HDCProjects pic.twitter.com/5HVCT7fyk6
— HDC (@hdcmaldives) June 15, 2022
ހުޅުމާލޭގައި ހިތްގައިމު އާ މިސްކިތެއް އަންނަ ހަފުތާގައި ހުޅުވާ އިރު، ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ މަރުކަޒު ވެސް ބިނާކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގަ އެވެ. އެތަނުގައި މިހާރު އަށް މިސްކިތެއް ބޭނުންކުރަމުން އަންނަ އިރު ދެ މިސްކިތެއްގެ އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. މީގެ އިތުރުން އިތުރު ތިން މިސްކިތެއް ޕްލޭންކޮށްފައިވާ އިރު ހަތް މިސްކިތެއް އޮތީ އެލޮކޭޓްކޮށްފަ އެވެ.