Last Updated: January 1, 15:09
Wednesday, January 1, 2025
ޚަބަރު

މަރަދޫ ދަނޑުގެ މަސައްކަތް ކައުންސިލާ ހަވާލުކޮށްފައި އޮންނަތާ އަހަރެއް

އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި:

އައްޑޫސިޓީ މަރަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލާ ހަވާލު ކޮށްފައި އޮންނަތާ އަހަރެއް ވެފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ މަރަދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގެ އަޕްޑޭޓާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ މަރަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފައި އޮންނަތާ އަހަރު ދުވަސް ވެފައިވާ ކަމަށެވެ.

"މަރަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮންނަތާ، މިހާރު ހަމަ ޔަގީން އަހަރަކަށް ވުރެއް ގިނަ ދުވަސް ވެގެން ގޮސްފައިވާނެ. މިނިސްޓްރީން އެކަމާ ގުޅިގެން ހަމަ ޔަގީން ކުރަންޖެހޭ ކަމެއް ނޯންނާނެ." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މަރަދޫގެ އިތުރުން ހިތަދޫގެ ދަނޑެއްގެ މަސައްކަތްވެސް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ މަރަދޫގައި އައުޓްޑޯ ޖިމެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށެވެ.