Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ވަރަށް އަވަހަށް އެނބުރި އަންނާނަން"

ބޮޑު ސްކްރީނާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކާޖޮލް އަލުން އެނބުރި ވަރަށް އަވަހަށް ސްކްރީނަށް އަންނާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

"ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އާއި "ކުޗްކުޗް ހޯތާ ހޭ" އަދި "ފަނާ" އާއި "ބާޒީގަރް" ފަދަ ބޮޑެތި ބްލޮކްބަސްޓާތަކުން ފެނިފައިވާ ކުޅަދާނަ ބަތަލާ ބުނީ އޭނާ ވަރަށް އަވަހަަށް ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެން ނަމަވެސް އިތުރު ތަފުސީލަކަށް ކާޖޮލް ނުދެ އެވެ. އެހެންވެ އޭނާ އެނބުރި އަންނަނީ ކޮން އިރަކު، ކޮން ފިލްމަކުން ކަމެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ކާޖޮލް މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ އޭނާ އެނބުރި ސްކްރީނަށް އަންނާނީ ހިތްހަމަޖެހޭ ވަރުގެ، ވަރުގަދަ ސްކްރިޕްޓަކާ އެކު ޑައިރެެކްޓަރަކު އައުމުން ކަމަށެވެ.

އެކްޓަރު އަޖޭ ދޭވްގަން އާ ކައިވެނިކޮށް ދެ ކުދިން ވެސް ލިބިފައިވާ ކާޖޮލް ކައިވެނިކޮށް، ދެ ދަރިން ވެސް ލިބުމަށް ފަހު ސްކްރީނުން ފެނުނީ ކުނާލް ކޯލީގެ 2006 ވަނަ އަހަރުގެ ފިލްމް "ފަނާ" އިން އާމިރް ހާނާ އެކުގަ އެވެ.

JHJB (2)

އޭގެ ފަހުން 2010 ވަނަ އަހަރު ކަރަން ޖޯހަރު ޑައިރެެކްޓް ކުރި "މައި ނޭމް އިޒް ހާން" އާއި އެނިމޭޓެޑް ކެރެކްޓާތަކާ އެކު 2010 ވަނަ އަހަރު ނިކުތް "ތޫންޕޫރްކާ ސްޕަހީރޯ" އިން އަޖޭ އާ އެކު ކާޖޮލް ފެނިގެން ދިޔަ އެވެ.

އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ 2012 ވަނަ އަހަރު ކަރަން ގެނެސް ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ލަވައެއްްގައި ސިކުންތު ކޮޅަކަށެވެ.