Last Updated: February 8, 18:25
Saturday, February 8, 2025
ޚަބަރު

ސައުދީ އެއާލައިންގެ ބޯޓެއްގައި ގޮތަބަޔަ ފުރާވަަޑައިގެންފި

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ-

ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ސައުދީ އެއާލައިންސްގެ ބޯޓެއްގައި ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

ބެލެވޭ ގޮތުގައި ގޮތަބަޔަ ވަޑައިގަންނަވަނީ ސިންގަޕޫރަށެވެ.

މީގެކުރިން ގޮތަބަޔަ އާ ހަވާލާދެއްވާ ލަންކާ މަޖިލީހުގެ ރައީސް ވަނީ މިމަހުގެ 13 ވަނަ ދުވަހު ގޮތަބަޔަ އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މިހާތަނަށް އަދި އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސްރީލަންކާގައި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފައިވާއިރު، މުޒާހަރާ ކުރާ މީހުން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ.