Last Updated: November 24, 17:45
Sunday, November 24, 2024
ވިޔަފާރި

އެސްޓީއޯގައި އަލްމުދިޝް ޕްރޮމޯޝަނެއް

އެސްޓީއޯ އިން އެތެރެކޮށްގެން ވިއްކާ އަލް މުދިޝް ކިރަށް ބޮޑެތި އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 16 އިން އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.

އެގޮތުން ވިއްކާ ކޮންމެ ކިރު ޕެެކެޓާ އެކު ކޫޕަނެއް ލިބޭ އިރު، "ފޯޓްނައިޓް ޕްރައިޒް" ގެ ނަމުގައި ހާއްސަ އިނާމެއް ވެސް ކަސްޓަމަރުންނަށް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަން ނިންމާލައި، ގުރުއަތުން ތިން އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

VHGJL (6)-001

އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 40 އިންޗީގެ 3ޑީ ފިލިޕްސް ޓީވީއެކެވެ. ދެވަނަ އަށް އަންނަ ފަރާތަކަށް އެއް އަހަރު މުއްދަތަށް 2.5 ކިލޯ ގްރާމްގެ އަލް މުދިޝް ކިރު ޕެކެޓް ލިބޭނެ އެވެ. މި އިނާމް ތިން ފަރާތަކަށް ލިބޭނެ އެވެ.

ތިން ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 1،000ރ. ގެ ވައުޗަރަކެވެ. މި އިނާމް ފަސް ފަރާތަކަށް ދޭން ވަނީ ނިންމައިފަ އެވެ.