Last Updated: April 16, 16:41
Wednesday, April 16, 2025
ޚަބަރު

މީދޫން ޑެންގީ ހުމުގެ ކޭހެއް ފެނިއްޖެ

ހުޅުމީދޫ ސިއްހީ މަރުކަޒު.

އައްޑޫ މީދޫން ޑެންގީ ހުމުގެ ކޭހެއް ފެނިފައިވާކަމަށް މީދޫ އަވަށު އޮފީހުން ބުނެފި އެވެ.

މީދޫ އަވަށު އޮފީހުން މިކަން ހާމަކޮށްފައި ވަނީ ފޭސްބުކުގައި ކުރި ޕޯސްޓެއްގަ އެވެ.

އެގޮތުން މީދޫގައި މަދިރި ގިނަވުމާއި ޑެންގީ ހުމުގެ ކޭހެއް ފެނިފައިވުމާ އެކު، މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑު ބަޔަކަށް މިއަދު ފޮގް ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. ފޮގް ނުކުރެވޭ ސަރަހައްދުތަކަށް ފޮގް ކުރުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

މީދޫން ޑެންގީ ހުމުގެ ކޭހެއް ފެނިފައިވާ އިރު، ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ.