އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މަތީ ފަންތީގެ ބައްދަލުވުމެއްގެ ވައިސް ޗެއާޕާސަންގެ މަގާމު ރާއްޖޭހެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ލިބިއްޖެ އެވެ.
އޭނަަ އަށް އެ ލިބިވަޑައިގަތް ޝަރަފާ އެކީ ވެފައި ވަނީ އައިކާއޯގެ މަތީ ފެންވަރުގެ ބައްދަލުވުމެއްގެ ވައިސްގެ ޗެއާޕާސަންގެ މަގާމު އަންހެން ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރަށެވެ. މި ވާހަކަ ޓްރާންސްޕޯޓް މިނިސްޓްރީން ޓްވީޓް ވެސް ކޮށްފައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނބިކަނބަލުން ނަހުލާ އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މި ވަގުތު އަންހެން ހަރަކާތްތެރިވަޑައިގަންނަވާ އަންހެން ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅެކެވެ. އަދި އޭނާ ފާހަގަކޮށްލެވެނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވި ބޭފުޅެއްގެ ގޮތުގަ އެވެ.
Minister @aishath_nahula was elected as the 1st Vice-Chairperson of the @icao High-level Meeting on the feasibility of a long-term aspirational goal for international aviation CO₂ emissions reductions. The nomination was put forward by #Singapore 🇸🇬 and seconded by #Greece 🇬🇷 pic.twitter.com/9IQp80ZDWU
— Ministry of Transport and Civil Aviation (@MoTCAmv) July 21, 2022
ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އައިކާއޯގެ ބައްދަލުވުމުގައި ނަހުލާ ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި އޭވިއޭޝަން ދާއިރާ އިން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މިއި އެހެން ދާއިރާތަކުން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ.
Minister @aishath_nahula delivered the country statement at the @icao High-level Meeting on the feasibility of a long-term aspirational goal for international aviation CO₂ emissions reductions held in Montreal. (1/4) pic.twitter.com/K1QJQ11Abe
— Ministry of Transport and Civil Aviation (@MoTCAmv) July 21, 2022
ނަހުލާ ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ރާއްޖެ އެވެ. އަދި ނިއުޓްރަލް ވުމަށް އައިކާއޯ އިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރަން ރާއްޖޭގެ އެއްބާރުލުން ފުރިހަމަ އަށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ދަނޑިވަޅަކީ ސިޔާސީ މަންފާ އަށް ބެލުމެއް ނެތި މޫސުމީ ބަދަލުތަކުން ޤައުމުތައް ސަލާމަށް ކުރުމަށްޓަކައި ފިޔަވަޅު އަޅަންވީ ވަގުތު ކަމަށެވެ. އަދި މިކަމަށް އިހުމާލުވެއްޖެ ނަމަ އެކަމުގެ ގެއްލުން އޮތީ ކުރިއަށް އޮތް ޖީލުތަކަށް ވިދާޅުވި އެވެ.