Last Updated: October 25, 17:49
Friday, October 25, 2024
ޚަބަރު

ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަންނާނެ

މި އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ދެވަނަ ގްރޫޕް އަންނާނީ މިއަދު ހެނދުނު 10:28 ގައި ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައިރު މިދިޔަ ހަފްތާގައި 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއަދުގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިންނެވެ.

މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް އަންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ އެވެ.