މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިިލިސް އިންތިހާބުގައި، ވޯޓް ލާން ދިޔަ ތިން މީހަކު ވޯޓް ކަރުދާސްކޮޅު ދެއްކި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެއީ ހިތަދޫން މީހަކާއި ފޭދޫން ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފޭދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ތެރޭގައި، އައްޑޫ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ފަރާތުން ވާދަކޮށް ނާކާމިޔާބްވި އަދި މިހާރު ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ޔުނިޓްގެ މެނޭޖަރަކަށް ހަމަޖެއްސި ފޭދޫ ބެންހާގޭ އަބްދުﷲ ސައީދު (އައްޑޫ) ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ވޯޓް ކަރުދާސް ދެއްކި މައްސަލާގައި އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ނަމަވެސް ތިބީ "ޑިޓެންޝަނެއްގައި" ނޫން ކަމަށެވެ.
"އެ މީހުންނަށް ނަސޭހަތްދީ އަޅުގަނޑުމެން ސާފު ކުރަން އިތުރަށް ބޭނުންވާ މައުލޫމާތު ސާފުކޮށްފައި އެ މީހުން ދޫކޮށްލާނީ. މީގެ ބޭނުމަކީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ހުރިހާ އެންމެން ވެސް އަމަލު ކުރުން،" އޮފިޝަލް ވިދާޅުވި އެވެ. "އެ ތިން މީހުންގެ މައްސަލަ ފިޔަވައި އިންތިހާބާ ގުޅިގެން އިތުރު މައްސަލައެއް އައިސްފައެއް ނެތް. ވަރަށް އަމާން މާހައުލެއްގައި އިންތިހާބް ކުރިއަށް ދަނީ."