އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކޮށްފި އެވެ.
ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ލިވާތާ ގުޅޭ އެހެން މައްސަލަތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ފެށި އޮޕަރޭޝަނުގެ ތެރެއިންނެވެ.
މި މައްސަލައާ ގުޅިގެން ނާޒިމްއާއެކު ފުލުހުން މިހާތަނަށް ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
ނާޒިމް އެއް ޖިންސުން ގުޅުން ހިންގި ވީޑއޯ އާންމުވިއިރު، އެ ވީޑިއޯގައި ފެންނަނީ ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާވެގެން "ނާޒިމް" އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. އަދި އޭނާއާއެކު ގުޅުން ހިންގާ ފިރިހެން މީހާ އަކީ ބަންގްލަދޭޝް މީހެއް ކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ. ނަމަވެސް ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށާއި އެއީ ބްލެކްމެއިލްކުރަން ބަޔަކު ހަދައިގެން އުޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ.
ނާޒިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމްގެ ވީޑިއޯ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާނެއް ވެސް ކުރިން ނަގާފައިވެ އެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.