Last Updated: April 19, 17:31
Saturday, April 19, 2025
ޚަބަރު

ބޯޓެއް ގިރިއަކަށް އެރުމުން ފުންކޮށްފި

އައްޑޫން ފުރައިގެން މާލެ ދަތުރު ކުރި "ބެސްޓް ލައިން" ނަމަކަށް ކިޔާ ބޯޓެއް ގިރިއަކަށް އަރައިގެން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކޯސްޓް ގާޑުން އެހީތެރިވެއްޖެ އެވެ.

ރޭ 20:45 ހާއިރު ކޯސްޓް ގާޑަށް މި ބޯޓު ކ. ގުޅީގެ ހުޅަނގު އުތުރުން ފަސް ނޯޓިކަލް މޭލުން ގިރިއަކަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ހާބަ ކްރާފްޓް 113 ލޯންޗް ވަނީ އެ ސަރަހައްދަށް ރޭ 21:15 ހާއިރު ގޮސް އެ ބޯޓަށް އެހީތެރިވެފައިވެ އެވެ.

އެގޮތުން ބޯޓުގެ ވެރި ފަރާތުން ގެންދިޔަ އުޅަނދަކަށް މުދާ ހުސް ކުރުމުގައި އާއި ބޯޓު ފުންކުރުމުގައި ބޯޓުގެ ވެރި ފަރާތާ ގުޅިގެން ކޯސްޓްގާޑުން ވަނީ މަސައްކަތްކޮށްފަ އެވެ.

މި ބޯޓު ފުންކުރެވިފައި ވަނީ ރޭގެ 12:47 ހާއިރު އެވެ.

މުޅިއެކު 38 އަށް މީހުން ތިބި މި ބޯޓުގައި 4 އަންހުންނާއި، 2 ކުޑަކުދިންނާއި، 24 ފިރިހެނުން އަދި 8 ފަޅުވެރިން ހިމެނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.