Last Updated: April 23, 13:05
Wednesday, April 23, 2025
ޚަބަރު

ތުލުސްދޫ ކައުންސިލަށް 45،000ރ. ގެ ޖޫރިމަނާއެއް

އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ތުލުސްދޫ ކައުންސިލް 45،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނިމެނޭޖު ކުރުމާބެހޭ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އެގޮތުން އެ ރަށުގައި ހުންނަ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލާއި، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކޮށް ހިއްސާކުރުމަށް އީޕީއޭ އިން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45,000 ރުފިޔާއިން އެ ކައުންސިލް ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އީޕީއޭއިން ވަނީ އަންގާފަ އެވެ.