Last Updated: April 23, 14:01
Wednesday, April 23, 2025
ޚަބަރު

މައި ކޮލެޖުން އައްޑޫގައި ގާޑެނިން ކޯހެއް ފަށަައިފި

އައްޑޫގައި މެއި މަހު "އެގްރިކަލްޗަ ސްކޫލް" އިފުތިތާހުރި މައި ކޮލެޖުން އެތަނުގެ ފުރަތަމަ ގާޑެނިން ކޯސް ފަށައިފި އެވެ.

ސެޓްފިކެޓް ލެވަލް 3 ގެ މި ކޯސް މިދިޔަ ހަފުތާގައި ފައްޓަވައިދެއްވީ މިއާންޒް އެޑިޔުކޭޝަންގެ ޗެއާމަން އަހުމަދު މޮޓާކީ އާއި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީމެވެ. އެ ރަސްމިއްޔާތުގައި އެމްއައި ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ އާއި އައްޑޫ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މައި ކޮލެޖުގެ އެ ރަސްމިއްޔާތުގައި، އެ ތަނުގެ ދަށުން ހިންގާ މިއާންޒް އިންޓަނޭޝަނަލް ސްކޫލުގެ ކަރިކިއުލަމަށް ގާޑަނިން އިތުރުކޮށް އޭގެ ދަށުން ދެ ބަޔަކަށް "ޕްލާންޓް ގާޑިއަންޝިޕް" ޕްރޮގުރާމެއް ފަށާފައިވެ އެވެ.

އެ ޕްރޮގާމްމުގެ ދަށުން އެ ސްކޫލުގެ 10 ދަރިވަރަކަށް ދޭ ގާޑިއަން އެވޯޑުގެ ދަށުން އެ ދަރިވަރުންގެ ބެލެހެއްޓުމަށް ގަހެއް ދީފައިވެ އެވެ. މީގެ މަގުސަދަކީ ކުޑައިރުން ފެށިގެން ދަނޑުވެރިކަމަށް ދަރިވަރުން އަހުލުވެރި ކުރުވުން ކަމަށް މައި ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނި ގޮތުގައި ޕްރޮގުރާމުގެ ފުރަތަމަ ފޭހުގައި ދަރިވަރުންނަށް ގަސް އިންދައި ބެލެހެއްޓުމުގެ އާންމު ގިނަ މައުލޫމަތު ލިބޭނެ އެވެ. އަދި ދެ ވަނަ ފޭހުގައި ގަސް އިންދައި ހެއްދުމާ ގުޅޭ އިތުރު ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ އެވެ.

މައި ކޮލެޖުން ރާއްޖޭގައި ދަނޑުވެރިކަން އާލާކޮށް ދިރުވަން ދަރިވަރުންތ ބިނާކުރުމަށްޓަކައި "އެގްރިކަލްޗަ ސްކޫލް" އިފުތިތާހުކުރީ މެއި މަހުގެ 10 ގަ އެވެ.