Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ފޭން" ގައި ޝާހްރުކް ތަފާތު ގޮތަކަށް

ޝާހްރުޖް ހާން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އޭނާ ސޮއިކޮށްފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ފޭން" ގެ މަސައްކަތެެވެ.

އެ ފިލްމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ. ފިލްމުގައި ޝާހްރުކް ފެނިގެން ދާނީމީގެ ކުރިން އޭނާ އެއްވެސް ފިލްމަކުން ފެނިފައި ނުވާ ފަދަ ތަފާތު ކެރެކްޓާއަކުންނެވެ.

އެހެންވެ "ފޭން" ގައި އޭނާގެ ލުކް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ޑައިރެކްޓަރު މަނީޝް ޝަރްމާ ވަނީ ވައިއާރްއެފް ސްޓޫޑިއޯގައި ފަށައިފަ އެވެ.

"ފޭން" ގައ ޝާހްރުކްގެ މޭކަޕް އާޓިސްޓަކީ ހޮލީވުޑުން އިމްޕޯޓްކޮށްފައިވާ ވަރުގަދަ ފަންނާނެކެވެ. އެއީ ނުވަ ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވެ، ތިން ފަހަރު އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު މޭކަޕް އާޓިސްޓް ގްރެގް ކެނޮމް އެވެ.

އޭނާއަކީ ބްރެޑް ޕިޓް އާދަޔާހިލާފް ރޯލަކުން ފެނިގެން ދިޔަ 2008 ވަނަ އަހަރުގެ ފިލްމް "ކިއުރިސް ކޭސް އޮފް ބެންޖަމިން ބަޓަން" އާއި 1993 ގައި ރިލީޒްވި "ޑައުޓްފައާ" އަދި 1992 ގެ "ޑްރެކިއުލާ" ގެ ވެސް މޭކަޕް އާޓިސްޓެވެ.

HJH

"ފޭން" ގައި ޝާހްރުކް ކުޅޭ ރޯލާ ބެހޭ ގޮތުން މަނީޝް ބުނީ ޝާހްރުކް ފެނިގެން ދާނީ ގިނަ ބަޔަކު ސިއްސުވާލާ ފަދަ ރޯލަކުން ކަމަށެވެ. އަދި އެ ރޯލަށް ޝާހްރުކް ތައްޔާރު ކުރުމަކީ އުނދަގޫ އަދި ޗެލެންޖިން މަސައްކަތެއް ކަމަށް ވެސް "ބޭންޑް ބާޖާ ބާރާތު" އާއި "ޝުދް ދޭސީ ރޮމާންސް" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަަމައަށް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޝާހްރުކް ފިލްމުގައި ފެނިގެން ދާ ގޮތް ފިލްމުގެ ފުރަތަމަ ޕޯސްްޓަަރާއި ޓްރެއިލާ އާ ހަމައަށް އާންމު ނުކުރާނެ ކަމަށެވެ. އަދި އެއީ ބެލުންތެރިންނަށް ހައިރާންކަން ގެނެސްދޭ ފަދަ ކެރެކްޓާއަކަށް ވާނެ ކަމަށް މަނީޝް ބުންޏެވެ.

"ފޭން" ގެ ޝޫޓިން ފަށާނީ އަހަރުގެ މެދު ތެރޭގައި އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރީ ދާދި ފަހުން ވައިއާރްއެފުން ރިލީޒް ކުރި "ބޭވަކޫފިއާ" އާއި "އިޝަގްޒާދޭ" ގެ ސްކްރީން ރައިޓަރު ހަބީބް ފައިސަލް އެވެ.

"ފޭން" ބެލުންތެރިންނާ ހަމައަށް އަންނާނީ އޮގަސްޓް 14، 2015 ގަ އެވެ. އެކަމަކު އަދި މި ފިލްމުގެ ބަތަލާއަކީ ކާކު ކަމެއް ނޭނގެ އެވެ.