Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

ސްރީދޭވީގެ ދަރި ލޯންްޗް ކުރާނީ ކަރަން!

މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ބޮލީވުޑަށް ލޯންޗް ކުރާނީ މަޝްހޫރު ޑައިރެެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ކަރަންގެ ޕްރޮޑަކްޝަން ހައުސް ދަރްމާ އިން ވަނީ ޖާންވީ އަށް ފިލްމެެއްގެ އޮފާ ހުށަހަޅައިފަ އެވެ.

ޖާންވީއަކީ ސްރީދޭވީ އާއި އަނިލް ކަޕޫރުގެ ބޭބެ އަދި މިހާރު ވިދަމުން އަންނަ ޒުވާން އެކްޓަރު އަރުޖުން ކަޕޫރުގެ ބައްޕަ ބޯނީ ކަޕޫރުގެ ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރި އެވެ. އޭނާ އަށް މިހާރު 17 އަހަރެވެ.

އެހެން ނަމަވެސް އެ ފިލްމާ ބެހޭ އެެއްވެސް ތަފުސީލެއް މިހާތަނަށް އާންމުކޮށްފައެއްް ނުވެ އެވެ.

މީގެ ކުރިން ވެސް އާ ތަރިންތަކެއް ބޮލީވުޑަށް ނެރެފައިވާ ކަރަން، ޖާންވީ ލޯންޗް ކުރަން ބޭނުންވެގެން ސްރީދޭވީ އާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ނަމަވެސް މަންމަ ސްރީދޭވީ އަދި ބޭނުން ވަނީ ޖާންވީ ކިޔެވުމާއިގެން ކުރިއަށްދާށެވެ.

އޭގެ ފަހުގައި ފިލްމީ ކެރިއަރާގައި ކުރިއަށް ދިއުމަށް ޖާންވީ އަށް އެއްވެސް ހުރަހެއް ނެތެވެ.

ސްރީދޭވީގެ މީގެ ކުރިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީން ވެސް ގިނަ ހުށަހަޅުންތަކެއް ޖާންވީ އަށް އަންނަނީ ލިބެމުންނެވެ.

jhb

އޭގެ ތެރޭގައި ސައުތުގެ ސްޕަސްޓާރުން ކަމަށްވާ ނާގަރުޖުނާގެ ފިރިހެން ދަރިފުޅު ނާގާ ޗައިތަނިއާ އެކު ކުޅޭ ފިލްމަކާއި ޗިރަންޖީވީގެ ދަރިފުޅު އަދި "ޒަންޖީރް" އިން ޕްރިޔަންކާ ޗޯޕްޅާ އާ އެކު ފެނިގެން ދިޔަ ރާމް ޗަރަން ދޭޖާ އާ އެކު ލީޑް ރޯލް ކުޅެން ޖާންވީ އަށް ލިބުނު ފުރުސަތު ހިމެނެ އެވެ.

ނަމަވެސް އެ ހުށަހެޅުންތަކަށް ފުރަގަސް ދިނުމަށް ފަހު، ސްރީދޭވީ ބޭނުން ވަނީ ޖާންވީ ފުރަތަމަ ކިޔަވައި ނިންމާށެވެ. އޭގެ ފަހުން ލިބޭ ފިލްމީ ހުށަހެޅުންތަކާ އެކު ދަރިފުޅު ކުރިއަށް ދާން ސްރީދޭވީ ހުރީ ތައްޔާރަށެވެ.

ކަރަން ފަދަ ބޮލީވުޑްގެ މަޝްހޫރު ވަރުގަދަ ޕްރޮޑިއުސަރެއްގެ ފިލްމެއް ޖަންވީ އަށް ހުށަހެޅުމުން، އެކަމަށް އަދި ސްރީދޭވީ ތައްޔާރު ނުވާތީ ޖާންވީ ފިލްމަކުން ފެންނާނީ އަދި ކިހާ ތާކު ކަމެއް ނޭނގެ އެވެ.

hjn

އެކަމަކު ކަރަން ފަދަ ޕްރޮޑިއުސަރެއްގެ އޮފާއަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެެއް ވެސް ނޫނެވެ.

ކަރަން ވަނީ 2012 ވަަނަ އަހަރު އޭނާ ޑައިރެކްޓް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ވެސް ބޮލީވުޑަށް އާ ތިން ތަރިއަކު ނެރެފަ އެވެ.

އެއީ ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ އަންހެން ދަރިފުޅު އާލިއާ ބަޓާއި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިރިހެން ދަރިފުުޅު ވަރުން ދަވަންގެ އިތުރުން ކުރީގެ މޮޑެލްއެއް ކަމަށްވާ ސިދާތު މަލްއުތުރާ އެވެ.