Last Updated: November 25, 11:18
Monday, November 25, 2024
ޚަބަރު

ފޭދޫގައި މެންޓަލް ހެލްތު ސެންޓަރެއް ހަދަނީ

އައްޑޫ ފޭދޫގައި މެންޓަލް ހެލްތު ސެންޓަރެއް ހަދަން ނިންމައި އެތަނުގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއިއެޗް) އިން ބުނީ މިކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި އެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މަޢުލޫމާތު ބޭނުންވާ ނަމަ މި މަހުގެ 23 ގެ މެންދުރު ފަހު 2:00 ގެ ކުރިން މި tender@aeh.gov.mv މެއިލަށް މެއިލްކުރަން ޖެހެ އެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގަ އެވެ. އޭއީއެޗުން ބުނީ ބިޑް ހުށަހެޅުމަށް ރަސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.