ކޮކާ ކޯލާގެ އައްޑޫ ޑިސްޓްރިބިއުޝަން ސެންޓަރު އަންގާރަ ދުވަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ މާލޭން ބޭރުގައި ހުޅުވާ އެ ކުންފުނިން ހުޅުވާ ފުރަތަމަ ޑިސްޓްރިބިއުޝަން ސެންޓަރެެވެ. އައްޑޫ ޑިސްޓްރިބިއުޝަން ސެންޓަރު ގާއިމުކޮށްފައި ވަނީ ހިތަދު ސިނާއީ ސަރަހައްދުގައި ކުރިން ބީޓެކް ހިންގި ތަނުގަ އެވެ.
އެ ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވަން އަންގާރަ ދުވަހު ހެނދުނު ހާއްސަ ރަސްމިއްޔާތެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ކޮކާ ކޯލާ އިން ބުނީ އައްޑޫ ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑައިރެކްޓަރ އޮޕަރޭޝަން ސަންޖޭ މަނިކު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.