Last Updated: November 25, 11:46
Monday, November 25, 2024
ޚަބަރު

ފޮނަދޫ އަންހެނުންނަށް މޫދު ކަސްރަތު ދަސްކޮށް ދީފި

ލ. ފޮނަދޫގެ އަންހެނުންތަކަށް ހާއްސަކޮށްގެން މޫދު ކަސްރަތު ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ސިފައިން ހިންގައިފި އެވެ.

އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ގުޅިގެން "މޫދު ކަސްރަތުން އުފާވެރިކަން" ގެ ނަމުގައި ހިންގި ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ވަނީ ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފަ އެވެ.

މިދިޔަ މަހުގެ 24 އިން މި މަހުގެ 25 އަށް ހިންގި ޕްރޮގްރާމްގައި 32 މީހަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކުރި އެވެ. މި ޕްރޮގްރާމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅު ގޮތްތަކާއި، ރަނގަޅު ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭ ގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވެ އެވެ.

އެ ކުލާސްތައް ނަގައިދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ މުދައްރިބުންނެވެ.