Last Updated: November 26, 22:39
Tuesday, November 26, 2024
މުނިފޫހިފިލުވުން

އަމީތާބާއި ކެޓް ލާހޯރަށް

އަންނަ މެއި މަހު ޕާކިސްތާނުގައި ބާއްވާ "އެނުއަލް ލިޓްރަރީ އެންޑް ކަލްޗްރަލް ކޮންފަރެންސް" އަށް އިންޑިއާގެ ފަންނާނުންތަކަކަށް ދައުވަތު ދީފި އެވެ.

މި އިވެންޓް އޮންނާނީ ލާހޯރުގައި މެއި މަހުގެ 24-26 އަށެެވެ.

އިވެންޓްގެ އޮގަނައިޒިން ކޮމިޓީގައި ހިމެނޭ ލާހޯރް އާޓްސް ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރު ޒުލްފިގާރު އަލީ ޒުލްފީ ވިދާޅުވީ އިންޑިއާގެ 12 ފަންނާނަކަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ދެ މޫނަކީ އަމީތާބް ބައްޗަން އާއި ޒުވާން ބަތަލާ ކެޓްރީނާ ކެއިފެވެ.

މީގެ އިތުރުން މަޝްހޫރު ޅެންވެރިޔާ އަދި ލިއުންތެރިޔާ ޖާވިދު އަހުތަރާއިު އޭނާގެ އަންހެނުން ބަތަލާ ޝަބާނާ އަޒުމީ އާއި ޅެންވެރިޔާ ގުލްޒާރާ އާއި ޝަމީން ހަންފީ ހިމެނެ އެވެ.

ޒުލްފިގާރު ވިދާޅުވީ އިންޑިއާ އިން ދައުވަތު ދިން ހުރިހާ ފަންނާނުން ވެސް ކޮންފަރެންސްގައި ބައިވެރިވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

NMN  (2)

މި އަހަރުގެ "އެނުއަލް ލިޓްރަރީ އެންޑް ކަލްޗްރަލް ކޮންފަރެންސް" ގެ ތީމަކީ "ބީތޭ ހުވޭ ޔާދު އާތާ ހޭ" އެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ ލާހޯރުގެ އަލްހަމްރާ އާޓް ސެންޓަރުގަ އެވެ.

ޕާކިސްތާނުގައި އޮންނަ އިވެންޓަކަށް އިންޑިއާގެ ފަންނާނުންތަކަކަށް ދައުވަތު ދިން އިރު، މި ދެ ގައުމަކީ ފެށުނީއްސުރެ ވަރުގަދަ އަރައިރުމެއް އޮންނަ ދެ ގައުމެވެ.

އަދި އިންޑިއާގެ ފިލްމްތައް ޕާކިސްތާނުގައި ދެއްްކުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ.