އެންޒީ އިން މަސްހުނި ދަޅު އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.
އެންޒީގެ އެންމެ ފަހުގެ އުފެއްދުން ބާޒާރަށް ނެރުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗުއޭއެމް) މައުޒަރުގެ ތެރެއިންނެވެ.
މި އުފެއްދުމާއެކު އަމިއްލައަށް މަސްހުނި ތައްޔާރުކުރަން ނުޖެހޭއިރު، މި އުފެއްދުން ވިއްކުމަށް ހަމަޖެހިފައިވާ އަގެއް އެންޒީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެންޒީގެ ފިހާރަތަކުން މާދަމާ އިން ފެށިގެން މި އުފެއްދުން ލިބެން ހުންނާނެ އެވެ.